ކޮވިޑް ޖެހިގެން 39 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުން ބަންގްލަދޭޝްގެ ފިރިހެނެކެވެ.
މިރޭގެ މަރާއެކު މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 74 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 30،237 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 5،221 ގައި މިހާރު ހުރިއިރު 24،934 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 161 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
މެރީލްގެ ފާޑުކިޔުން މާވެލްގެ ފިލްމުތަކަށް!
ޕީއެންއެފްއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
