ފިތުރު އީދު ދުވަހު ސަރުކާރުގެ ޓެކްސީ ލައިންހެ ހިދުމަތް ފެށޭނެ ކަމަށް މި ސަރުކާރުން އިއުލާން ކުރި ނަމަވެސް އެ ޚިދުމަތް މިއަދު ވެސް ނުފެށުނެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަން އިއުލާނު ކުރައްވާ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާ އެވެ. އެއަށްފަހު، މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ހިދުމަތް ފެށިފައެއް ނުވެ އެވެ.
މި މަހުގެ ހަތަރެއްގައި މިނިސްޓަރު ވަނީ އިތުރު ތާރީހެއް ދެއްވާފަ އެވެ. މިގޮތުން، ފިތުރު އީދުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން މަސައްކަތް ކުރައްވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އީދު ދުވަހު ވެސް އެ ވިދާޅުވި ޚިދުމަތް ނުފެށުނެވެ. އެހެން ނަމަވެސް މި މަހު އެ ދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ވަނީ ބުނެފަ އެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީ އާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގަ އެވެ.
ޓެކްސީ ލައިންގެ ހިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް ހޯދުމަށް އެމްޓީސީސީއިން ވަނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ތެރޭގައި ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އޭރު އެމްޓީސީސީއިން އިއުލާނުކުރި އެވެ. އެއީ، ހަފުތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށެވެ.
އޭގެފަހުން، އެމްޓީސީސީއިން ވަނީ ނިމިދިޔަ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު ޕާޓްޓައިމް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ވެސް ބާއްވާފަ އެވެ.
އެމްޓީސީސީއިން ބުނީ ސަރުކާރުން ތައާރަފްކުރާ މި ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން ސައުވީސް ގަޑިއިރު ހިދުމަތް ދޭ ގޮތަށް ތާރަފްކުރެވޭ މި ޓެކްސީ ހިދުމަތް ދިނުމަށް އެކަމަށް ހާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.

އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލަ ނުދޭން ގޮވާލައިފި
އީދުގައި ސަލްމާންގެ ފިލްމެއް ނެތް، ސިނަމާތައް ފަޅުވެފައި!
ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނީ އިންޑިއާ 2 މީހުން