ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. މި ގޮތުން، އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ހަދިޔާތައް ދިރާގު އެޕް މެދުވެރިކޮށް 20 އިން 26 މާޗުގެ ނިޔަލަށް މުޅިން ހިލޭ ފޮނުވޭނެ އެވެ.
މި ގޮތުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި، ކޮންމެ މަހަކު ލިބޭ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. މީގެ އިތުރުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ވަނީ އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވައިލައިފަ އެވެ. މި ގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި، ފަސް ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލް ކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:
- އެޕަލް މެކްބުކް
- ނިއޯނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
- ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
- އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
- އެޕަލް އެއާޕޮޑް މެކްސް
- ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި
- ޓީޓީ ރޭސިންގް ސްމާޓް ޑެސްކް
ދިރާގުން ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާތީ މާލޭގެ މަގުތައް ބަންދުކުރަނީ