ހުޅުމާލޭގައި ޕިކަޕެއް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުން އެ މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފުލުހުން ބުނީ އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވީ ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތް ހަލުވިވާނެ
