ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) ގެ މަގާމުން އާއިޝަތު އީޝާ އަޝްރަފް މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި އީޝާ އަށް ފޮނުވި ލިޔުމެއްގައި ވަނީ އޭނާ މަގާމުން ވަކިކުރީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
އޭނާ ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.
މި ސަރުކާރުގެ ކުރީކޮޅު އީޝާ މަސައްކަތްކުރީ ރައީސް އޮފީހުގަ އެވެ.
އިންތިހާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގޯސްވާނެ: ނަޝީދު
އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
