ރާއްޖޭގެ ކުރީގެ ފިލްމީ ތަރި މުހައްމަދު ނައީމް ނިޔާވެއްޖެ އެވެ.
މ. މެދުމާ ޕެލަސް، އުމުރުން 71 އަހަރުގެ ނައީމް ނިޔާވީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ނައީމަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތްތަކުގައި ހިމެނޭ ބައެއް ޑްރާމާތަކުން ވެސް ފެނުނު މޫނެކެވެ.
ބައެއް ފިލްމުތަކާއި ޓީވީއެމުން ގެނެސްދިން ބައެއް ޑްރާމާތައް ވެސް އޭނާ ކުޅެފައިވެ އެވެ. ނައީމް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމަކީ ދިވެހި ފިލްމު "ޒުލޭހާ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ޔޫއްޕެގެ ބައްޕަގެ ރޯލެވެ.
ލަމްއާނަށް ދިނީ ޑިމޯޝަނެއް! އެމްޕީއެލްގެ ބޯޑު މެމްބަރަކަށް
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ފައްޔާޒާއި މީކާއީލް ދެކޮޅު
