ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯޓްއަކީ އަބަދުވެސް "މައްސަލަ ބޮޑު" އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެކްޓަރެކެވެ. އެގޮތުން އޭނާ ވަނީ ބޮލީވުޑްގެ އެހެން ތަރިންނާ ބެހޭގޮތުން ވެސް އެކި ފަހަރު މަތިން ވާހަކަ ދައްކާފަ އެވެ.
އެގޮތުން އޭނާ ދިން އިންޓވިއުއެއްގައި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުއާ ބެހޭ ގޮތުން ދެއްކި ވާހަކައެއް ވަނީ ވައިރަލްވެފަ އެވެ. އެ އިންޓަވިއުގައި ކަންގަނާ ވަނީ އަކްޝޭ ކުމާރާއެކު މަސައްކަތް ކުރަން ދެކޮޅުހެދި ސަބަބު ބުނެދީފަ އެވެ.
އެގޮތުން އަކްޝޭގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ސިންގް އިޒް ބްލިންގް" އެންމެ ފުރަތަމަ ހުށައެޅުނީ އޭނާއަށް ކަމަށާއި އެހެން ނަމަވެސް އެ ފިލްމަށް އޭނާ ނޫނެކޭ ބުނި ކަމަށް ކަންގަނާ ބުންޏެވެ.
އެ ނިންމުމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިތޯ އަކްޝޭ އެހުމުން ކަންގަނާ ދިން ޖަވާބަކީ އަކްޝޭގެ ފިލްމުތަކުގައި އަންހެނުންނަށް ކުޑައިމީސް ކުރުމެވެ.
"އަކްޝޭގެ ވެސް އަންހެން ދަރިއަކު އެބަހުރި. ވިސްނާލީމަ އެނގޭނެ އަހަރުމެން ބޭނުންވަނީ އަންހެނުންނަށް ގަދަރާއި އިއްޒަތްކަން" ކަންގަނާ ބުންޏެވެ.
ސިންގް އިޒް ބްލިންގް އަށްފަހުވެސް ކަންގަނާއަށް އަކްޝޭގެ ގިނަ ފިލްމުތަކެއް ހުށައެޅުނެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ އަކްޝޭއާއެކު މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ދިރާގުން ދޭ ފުރުތަމަ ސްޕީޑްބޯޓް ހޮވުމުގެ އިވެންޓްގައި ޑީޖޭ މީކާ
އެނާޖީ ބުއިންތަކާއި ހިތުގެ ބަލިތަކާ ހުރީ ކޮން ގުޅުމެއް؟