ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ނުފުއްދާތީ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން މުޒާހަރާއަށް ނުކުތުމުން އެ ވައުދުތައް ފުއްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިން މިއަދު ކުރި އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވި އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ޑިމާންޑުކުރީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށެވެ. އަދި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމަށް ވެސް ޑިމާންޑްކުރި އެވެ.
މީގެއިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ގޮވާލި އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން މައުނަވީ ހައްލެއް ހޯދައިދޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކުން އެސްޓީއޯގެ ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
