ފުވައްމުލަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފެން މިހާރު ރައްކާތެރި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ދެންނެވުމެއްގައި ވަނީ އެރަށު ފެނުން އެންމެ ފަހުން ހެދި ނަތީޖާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ނަތީޖާއިން ދައްކާގޮތުން މީގެކުރިން ހެދުނު ޓެސްޓްތަކުން ފެނުނު ޖަރާސީމުގެ އަސަރު މިހާރު ނެތްކަން އެނގޭ ކަމަށް އެ ދެންނެވުމުގައިވެ އެވެ.
އެ ރަށުގެ ރައްޔިތުން ބުއިމަށާއި އާންމު ބޭނުންތަކަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ކަށަވަރުކުރުމަށް ދާއިމީ ގޮތެއްގައި ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ދެންނެވުމުގައިވެ އެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުގެ ދެ ދުވަސް ވަންދެން މުޅި ރަށުން ފެން ކަނޑާލި އެވެ. އެކަމުގެ ސަބަބުން ރައްޔިތުން އެ ދުވަސްތަކުގައި އުޅުނީ ވަރަށް ދަތިހާލުގަ އެވެ.
ގޫގުލްގެ އިންވެސްޓްމަންޓާ ގުޅިގެން ސަރުކާރަށް ފާޑުކިޔަނީ
އަބްދުއްރަހްމާން މަރާލުމުގެ ތުހުމަތުގައި ތިން މީހުންނަށް ދައުވާ
