އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) ދިވެހިރާއްޖޭގައި ބޭއްވުމަށް ފަށްޓާފައިވާ ތަމްރީނުދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.
މި ފަހަރު ކުރިއަށް ގެންގޮސްފައިވަނީ، "ތަޢުލީމީ މާޙައުލުގައި ހަރުކަށި ފިކުރުތަކާ ކުރިމަތިލުން – ޢަމަލީ މޮޑެލްތައް" މި މައުޟޫގެ ދަށުން ބާއްވާފައިވާ މަސައްކަތު ބައްދަލުވުމެކެވެ. އިސްތިރާޖީ ފިކުރީ އިސްނެގުން "ޕްރިވެންޝަން" ގެ ތެރެއިން، މި ފަހަރުގެ ތަމްރީނުދިނުން އަމާޒުކޮށްފައިވަނީ އިލްމުވެރިންނާއި، މުދައްރިސުންނަށެވެ.
މި މަސައްކަތު ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް އާ ބެހޭ ޑިރެކްޓަ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ހިމެނިވަޑައިގަންނަވަ އެވެ. ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާ މެދު މުޖްތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި އިސްލާމިކް ކޯލިޝަނުން ހިންގަމުންދާ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. ޒުވާނުން ޙިމާޔަތްކުރުމުގެ ފުރަތަމަ ދިފާޢީ ރޮނގަށް ވުމާ އެކު، ތަޢުލީމީ މުއައްސަސާތަކުގައި ވާ ފިކުރީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރުތައް ކުރިއެރުވުމުގެ މުހިއްމުކަން ވައިސް ފާހަގަކުރެއްވި އެވެ.
މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ، ޓްރެއިނިން ކޯހުގައި އުނގަންނައިދެވުނު މަފްހޫމުތަކާއި، ހުނަރުތައް އިތުރަށް ކުރިއެރުވުމަށެވެ. އެގޮތުން، ފިކުރީ ގޮތުން ހައްދުފަހަނައެޅުން ދައްކައިދޭ ސުލޫކުތައް ދުރާލާ ތަހުލީލުކުރާނެ ގޮތްތައް ހުށަހަޅައިދިން އަމަލީ ސެޝަންތަކާއި، ތަރުބަވީ ގޮތުން އަޅާނެ ފިޔަވަޅުތަކާއި، މެދުމިންކަމާއި، އެކީގައި އުޅުމުގެ އަގުތައް ޕްރޮމޯޓްކުރާ ތަޢުލީމީ ކަންތައްތައް ފަރުމާކުރުމާއި، ހަރުކަށި ފިކުރުތަކުން ތަޢުލީމީ މާޙައުލު ޙިމާޔަތްކުރުމާ ބެހޭ ސެޝަންތައް ބޭއްވުނެވެ.
މި ވޯކްޝޮޕްގެ ބައިވެރިން ވަނީ، ހަރުކަށިކަމާ ކުރިމަތިލެވޭ ފަދަ ތައުލީމީ މާހައުލުތައް އުފެއްދުމަށް ބޭނުންކުރެވޭ ކާމިޔާބު ތަޢުލީމީ ބައެއް މޮޑެލްތަކާ މެދު މަޝްވަރާކޮށްފަ އެވެ. މި ވޯކްޝޮޕް ގައި ސެޝަންތައް ނަންގަވައިދެއްވި ޓްރެއިނަރުން ވަނީ، މެމްބަރު ގައުމުތަކުގެ ސްކޫލްތަކާއި، ޔުނިވާސިޓީތަކުގައި ތަރުބަވީ ސިޔާސަތުތައް އެކުލަވާލުމުގައި ފައިދާހިފިދާނެ ބައިނަލްއަގްވާމީ ތަޖްރިބާތައް ހުށަހަޅުއްވާފަ އެވެ.
މި މަސައްކަތު ބައްދަލުވުމަކީ، ފިކުރިއްޔާތާއި، މީޑިއާ އާއި، ޓެރަރިޒަމަށް ފައިސާ ފޯރުކޮށްދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އަސްކަރީ މައިދާނުގައި ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމުގެ ގޮތުން އެމްއައިސީޓީސީ އިން މެމްބަރު ޤައުމުތަކުގައި ހިންގާ ގުޅިފައިވާ ޓްރެއިނިންގ ޕްރޮގްރާމްގެ ބައެކެވެ. އެއީ، ޢަމަލީ އަދި ދެމެހެއްޓެނިވި ޙައްލުތަކުން ހަރުކަށި ފިކުރާ ކުރިމަތިލެވޭ ފަދަ ޤައުމީ ފެންވަރުގެ ކުޅަދުންތެރިކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޣައިރުގާނޫނުގައި މަތިއަޅަން ވެސް ހުށަހެޅީ ގާނޫނާހިލާފު އިސްލާހެއް
ބަރުދަން ލުއި ކުރަން ސަމާލުވާންވީ ކާ ގަޑިތަކަށް!
10 އަހަރަށްފަހު އިމްރާން ފިލްމުތަކަށް!
