މަޝްހޫރު ބޮލީވުޑް ފިލްމު "ދިލް ޗާހްތާ ހޭ" އަށް 25 އަހަރު ފުރުން ފާހަގަ ކުރަމުން ދާއިރު، އެ ފިލްމުގައި އެކުގައި މަސައްކަތްކުރި މަޝްހޫރު އެކްޓަރު އާމިރު ހާންއާއެކު އަލުން ފިލްމެއްގައި މަސައްކަތް ކުރުމުގެ ބޮޑު އުންމީދެއް އޮތް ކަމަށް ބޮލީވުޑްގެ އެކްޓްރެސް ޕްރިތީ ޒިންތާ ބުނެފި އެވެ.
ޕްރިތީ މިހެން ބުނެފައިވަނީ އޭނާ އެނބުރި ސިނަމާއަށް އަންނަ ފިލްމު "ބަޓްވާރާ 1947"ގެ ޕްރޮމޯޝަން އިވެންޓެއްގައި މީޑިއާއާ ވާހަކަ ދައްކަމުންނެވެ.
"ދިލް ޗާހްތާ ހޭ"ގެ 25 އަހަރުގެ ރީޔޫނިއަން ހަފްލާއަށް ދެވޭގޮތް ނުވުމުން ސަމާސާ ރާގަކަށް ޕްރިތީ ބުނީ، އޭނާއަށް ޖެހުނީ "ބަޓްވާރާ"ގެ ޕްރޮމޯޝަނަށް އަންނަން ކަމަށާއި، "ދިލް ޗާހްތާ ހޭ"ގެ ރީޔޫނިއަންއަށް އެހެން ތަރިން ދިޔައީ އާމިރުގެ ސަބަބުން ކަމަށެވެ.
އާމިރު އެމީހުން ބައިބައި ކޮށްލި ކަމަށާއި، އެހެން ނަމަވެސް އާމިރުއާއެކު އަލުން އެކުގައި މަސައްކަތްކޮށް "ދިލް ޗާހްތާ ހޭ" ފަދަ ހަނދާންތަކުން ފުހެވިގެން ނުދާނެ ފަދަ މޮޅު ފިލްމެއް އުފެއްދުމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ފަރްހާން އަހްތަރު ޑައިރެކްޓްކޮށް 2001 ވަނަ އަހަރު ނެރުނު "ދިލް ޗާހްތާ ހޭ"އަކީ އާމިރު ހާން، ސައިފް އަލީ ހާން، އަކްޝޭ ކަންނާ، އަދި ޕްރިތީ ޒިންތާ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ، ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ތާރީހީ އެއް ފިލްމެވެ.
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިތީ އެނބުރި އެކްޓިންއަށް އަންނަ "ބަޓްވާރާ 1947"އަކީ ހުދު އާމިރު ހާން ޕްރޮޑިއުސްކޮށް، ރާޖް ކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުގައި ޕްރިތީގެ އިތުރުން ސަނީ ޑިއޯލް އަދި ޝަބާނާ އަޒްމީވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި ވެސް ސަނީއާއި ޕްރިތީ އެކުގައި ފެނުނެވެ.
މާ ގިނައިން ޓީވީ ބެެލުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް!
"ކަނޑުއޮޅިއާ މެދު އެމެރިކާއިން އުޅެނީ ގޯސް އަންދާޒާއެއް ނަގަން"
އެކުވެރިން ހޯދުމުގައި ދަރިފުޅަށް އެހީ ވެދޭނީ ކިހިނެއް؟