ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް ހެލްތު މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާ އާއެކު އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް އިޔާޒު އެވެ. މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރު ސޮއިކުރެއްވިއިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހީނާ ވަލީދު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެއްވެސް ގާނޫނީ ހުރަހެއް ނެތި އެއާއެމްބިއުލާންސް ހިދުމަތް ރާއްޖެއިން ބޭރުން ދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެންމެ ޒަމާނީ ވަސީލަތްތަކާއެކު އުޅަނދުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް މޯލްޑިވިއަން ތައްޔާރަށް އޮންނާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސް އުފައްދައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އެއާ އެމްބިއުލާންސް ބޭނުންކޮށް ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތް ދަނީ ދެމުންނެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މާޗު 1، 2024 ގަ އެވެ. މިހާތަނަށް ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން ވަނީ ފަރުވާ އަށް މާލެ ގެނެސްފަ އެވެ.
ފުލެޓް ދޭއިރު ޝަރުއީ ދާއިރާއަށް ހާއްސަ އިސްކަމެއް
ޣައިރުގާނޫނުގައި މަތިއަޅަން ވެސް ހުށަހެޅީ ގާނޫނާހިލާފު އިސްލާހެއް
ސޮނީއިން "ލަބޫބޫ" ފިލްމެއް ގެނެސްދެނީ!