މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.
"މި ހާދިސާގައި އަނިޔާވި ހަ މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން." އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސިންނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ދެ ހާދިސާއެއްގައި މި އަހަރު ވަނީ ބައެއް މީހުން މަރުވެފަ އެވެ.
ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް
ޣައްޒާގެ ހައްގުގައި ވާހަކަދައްކާ ތަރިން ބާކީ ކުރާތީ ފާޑު ކިޔައިފި
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ
