2003 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ކަލް ހޯ ނަ ހޯ"އަކީ ހިންދީ ފިލްމުތަކުގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ފިލްމެކެވެ.
އެހެން ނަމަވެސް އެ ފިލްމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފަކު މިވަނީ އެ ފިލްމުގައި މަސައްކަތް ކުރުމުގެ ހިތި ތަޖުރިބާ ކިޔައިދީފަ އެވެ.
މިހާރު އެމެރިކާގައި ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭޝް ކެންޓްލީ ބުނީ އޭނާއަކީ އެ ފިލްމުގެ ސެޓް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށެވެ.
ފިލްމުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ކިޔައިދެމުން އޭޝް ބުނީ ތަނުގެ ހާލަތު ހުރި ގޮތުން ކޮންމެ ސެޓެއް ތައްޔާރު ކުރަން ވެސް އެހާ އުނދަގޫ ކަމަށެވެ.
އެއާއެކު ކޮންމެ ދުވަހަކު ގާތްގަނޑަކަށް 16 ނުވަތަ 17 ގަޑިއިރު މަސައްކަތް ކުރަންޖެހުނު ކަމަށާއި އެ ހުރިހާ މަސައްކަތަށް އެކަށޭނަ އުޖޫރައެއް ވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ކުރެވުނު ތަޖުރިބާގެ ސަބަބުން އޭނާގެ ކެރިއަރުވެސް މުޅިން ބަދަލުކޮށް އާ ދިރިއުޅުމެއް ފެށީ ކަމަށް އޭޝް އޭނާގެ ވީޑިއޯއެއްގައި ބުނެފައިވެ އެވެ.
ޝާހްރުކް ޚާންއާއި ޕްރިތީ ޒިންތާ އަދި ސައިފް އަލީ ޚާން މުހިއްމު ރޯލުތަކުން ފެނިގެންދިޔަ "ކަލް ހޯ ނަ ހޯ" ވެގެންދިޔައީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމަށެވެ.
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ
ނަޝީދު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް މާ ފިނި ކަމަށް