ފުލުހުންގެ ތެރެއިން ބޮޑު ކޮރަޕްޝަނެއް ފަޅާއަރައި ހަތަރު މީހަކު ސަސްޕެންޑުކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމި ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ މައްސަލަ އަކީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ކޭޓަރިންގެ ހިދުމަތް އަމިއްލަ ފާރަތަކުން ހޯދުމުގައި ހިންގާފައިވާ 3.78 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެކެވެ.
މި މައްސަލާގައި ޝާމިލްވާ ފުލުހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާވެފަ އެވެ.
މި މައްސަލައިގެ ތަފްސީޅުތައް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
މިއީ ގިނަ ދުވަސްތަކެއް ވަންދެން ހިންގަމުން އައި އެތައް މިލިއަން ރުފިޔާގެ ބޮޑު ޖަރީމާއެކެވެ.
މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭ
ގިނައިރު ކޮޅަށް ހުންނަންޖެހޭ ވަޒީފާތަކުން މައިބަދައަށް ގެއްލުން!
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް

ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ޤައުމުގެ ހާލަަތު ފެނި ހިތްފަޅައިގެންދާހާވޭ... މިކަމުމް މިންޖުވާނެ ދުވަހެއްދައްކަވާށި