ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ވައްދަނިކޮށް ފޭރިގަތް ބީއެމްއެލްގެ 100،000 އަށްވުރަ ގިނަ ޑޮލަރު ކ. ހުރާގެ ގެސްޓް ހައުސްއެއްގައި ގުނަމުންދާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނިއްޖެ އެވެ.
އާދީއްދަ ދުވަހުގެ ރޭ ފަތިހު ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗުގައި ފިލަން ދިޔައީ ހުރާ އަަށެވެ. އެ މައްސަލައާ ގުޅިގެން ހުރާ އިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުރާ އިން ވާހަކަދެއްކި ބައެއް މީހުން ބުނީ އެ މީހުން އެރަށު ގެސްޓްހައުސްއެއްގެ ތެރޭގައި ޑޮލަރު ގުނާ މަންޒަރު އެތަނުގެ ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނޭނގެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް ހުރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެންއައިސީގެ ރައީސަކަށް ޝުއައިބު އައްޔަނުކޮށްފި
ޓްރީޓޮޕް އިން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި
ބަނދަރު ފުންކުރަން ކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ފާޑުކިޔަނީ
