މީގެ މަހެއް ކުރިން ހެކުކޮށް އެހެން ބައެއްގެ ވީޑިއޯތަކެއް އަޕްލޯޑުކުރުމުން ރިމޫވްކުރި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އަލުން ހޯދައިފި އެވެ.
ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް ގެއްލުނީ މިދިޔަ މަހުގެ 23ގަ އެވެ. އެ ޗެނަލުން އެންމެ ފަހުން އަޕްލޯޑުކޮށްފައި ވަނީ މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު މ. ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ވީޑިއޯއެކެވެ.
މިއަދު އެ ޗަނަލް ރިކަވާކޮށްފައިވާއިރު، ދިމާވި މައްސަލައެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޗެނަލް ގެއްލުނީ ބަޔަކު ހެކް ކުރުމުންނެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް މިހާރު ރިކަވާކޮށްފައި ވީ ނަމަވެސް ވޭތުވެދިޔަ މަހެއްހާ ދުވަހު މުއިއްޒު ކުރެއްވި ދަތުރުތަކާއި ބައިވެރިވި ރަސްމިއްޔާތުތަކުގެ ވީޑިއޯތައް މިހާތަނަށް ރައީސް އޮފީހުން ޔޫޓިއުބަށް އަޕްލޯޑުކޮށްފައެއް ނުވެ އެވެ.
ޗެނަލް ގެއްލުނު ދުވަހު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާ ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. އެ ސަބަބެއް އަދިވެސް ހާމައެއް ނުކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ކުއްލިއަކަށް ގެއްލުނު ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ޑިސްޕްލޭ ކުރީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވުމެވެ.
އިތުރަށް ބެލި ބެލުމުން، ޗެނަލް ހެކުކޮށް ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯތަކެއް އަޕްލޯޑުކުރިކަން އެނގުނެވެ.
ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ރަސްމީ ޗެނަލެއް ހެކުކޮށް، ވުޖޫދުން ދުއްވާލުމާއި ގުޅިގެން އެ އޮފީހުން އަދި ސަރުކާރުގެ ޑިޖިޓަލް ސެކިއުރިޓީ އާއ ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ޖަސްޓިންއާއެކު އިތުރު ދަރިން ހޯދަން ބޭނުން: ހެއިލީ
ފަހުން ހައްޔަރުކުރި 3 މީހުންނަކީ އެމްޕީއެލް މުވައްޒަފުން
އަތޮޅު މުބާރާތްތަކަށް 4.1 މިލިއަން ރުފިޔާދޭން ފީފާއިން ނިންމައިފި