ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބުނީ ފެމެލީ ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުއާ ހަވާލުކުރަން އެ ކޮމިޝަނުގެ މި އަހަރުގެ 34 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ އިއްޔެ ކުރެއްވުންނެވެ.
ޖޭއެސްސީން ވަނީ ފެމެލީ ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
