ޔޫޓިއުބުގެ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް އެ ޕްލެޓްފޯމުން ރިމޫވް ކޮށްލައިފި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި މިހާރު ފެންނާކަށް ނެތެވެ. ޗެނަލް ގެއްލިފައި މި ވަނީ، ރައީސް މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް ލައިވްކުރަމުން ދަނިކޮށެވެ.
މިހާރު އެ ޗެނެނަލަށް އެއްވެސް ވަރަކަށް ނުވަދެވެ އެވެ.
އެ ޗެނަލް ރިމޫވް ކޮށްފައިވަނީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވެގެން ކަމަށް ބުނާ ބެނާއެއް ވެސް ޗެނަލުގެ ލިންކަށް ދިޔުމުން ކުރިން ފެނުނެވެ. ނަމަވެސް، މިހާރު އަރަނީ އެ ޗެނަލް ވުޖޫދުގައި ނެތް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވަކިއެއްޗެއް މިހާތަނަށް ބުނެފައެއްނުވެ އެވެ.
މަޖިލީހުގެ ދައުރު މެއި 31 އަށް ދަންމާލައިފި
އެލްޖީއޭގެ މުވައްޒަފުން ސީވިލް ސާވިސްއަށް ބަދަލުކުރަން ފާސްކޮށްފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
