އައްޑޫ ސިޓީ މަރަދޫފޭދުއަށް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެ އެވެ.
މަރަދޫފޭދޫން ވާހަކަދެއްކި މީހަކު ބުނީ މިއަދު ހެނދުނު ކުރި ވިއްސާރައިގައި އެ ރަށުގެ ހަތް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ.
އެ ރަށު ހިނަވާގެ އާއި ނޫރު މިސްކިތުގެ ފުރާޅު ވެސް ވަނީ އެއްލާލާފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއްނުވެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ އައްޑޫ ސިޓީއަށް މާބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. ނަމަވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

އިއުތިކާފުގައި އިންނަން ވަރަށް ބޭނުންވޭ: ޝާހްރުކް ޚާން
ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވާ 3 ސަބަބެއް!
ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
