ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަކީ އެތައް ބަޔަކު، އެމީހުންގެ ރޯލް މޮޑެލްގެ ގޮތުގައި ދެކޭ ބައެކެވެ. ސަބަބަކީ އެފަންނާނުން އާންމުންނާއި ކުރިމަތިލަނީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަކަން ހޯދައިގެން ކަމަށްވާތީ އެވެ.
އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ތަރިންނަކީ އެ ފުރިހަމަކަމުގެ ދަޅަ ދެއްކުމަށްޓަކައި ބޭރުފުށުން އެކަން ދައްކާ މީހުންނެވެ. އެގޮތުން އަހަރުމެންގެ ތެރޭގައި އެންމެ މަޝްހޫރު ތަރިންނަކީ ސާފުތާހިރުކަމަށް ވަރަށް ފަރުވާކުޑަ ގަވާއިދުން ފެން ވެސް ނުވަރާ ތަރިންނެވެ.
މީގެ އެއް މިސާލަކީ ހޮލީވުޑްގެ މަޝްހޫރު ފަންނާނެއްކަމަށްވާ ބްރެޑް ޕިޓް އެވެ. އިނގިރޭސި ވިލާތުގެ ނޫސްތަކަށް މައުލޫމާތުދެމުން ބްރެޑް ބުނީ ފެންނުވަރާ އޭނާއަށް އެއް ހަފްތާވެސް ހުރެވިދާނެ ކަމަށެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒެކް އެފްރޯންވެސް މި ލިސްޓުގައި ހިމެނޭއިރު، ފެން ވެރުތުގެ ބަދަލުގައި އޭނާ ބޭނުންކުރަނީ ޓިޝޫކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކަށް އޭނާ ވަނީ މައުލޫމާތުދީފަ އެވެ.
އޭގެ އިތުރުން އާދަޔާ ހިލާފު ސަބަބަކާއި ގުޅިގެން ޖޫލިއާ ރޮބާޓްސްވެސް ފެންނުވަރާކަން ވަނީ ހާމަވެފަ އެވެ. ޖޫލިއާ ބުނާގޮތުން އޭނާ ފެންނުވަރަނީ ފެން އިސްރާފު ނުކުރުމަށާއި، ތިމާވެއްޓާއި މެދުގައި ވިސްނާ ފިކުރުކުރާ މީހަކަށްވާތީ އެވެ.
ކޮންމެއަކަސް އަހަރުމެން ނަމޫނާއަކަށް ބަލާ މިހާރުގެ ސެލެބްރީންގެ ކިބައިގައި ވެސް ނުރަނގަޅު ސިފަތަކެއް ހުންނާނެކަން ކަށަވަރެވެ. އެންމެ މުހިއްމު ކަމަކީ އެފަދަ ކަންކަމަށް އިޖާބަ ނުދިނުމެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!