ޓޮމް ހޮލަންޑް މުހިންމު ރޯލުން ފެނިގެންދާ މާވެލް ސިނެމެޓިކް ޔުނިވާސްގެ އެންމެ ފަހުގެ ފިލްމު "ސްޕައިޑަ- މޭން: އަ ބްރޭންޑް ނިއު ޑޭ" ރިލީޒް ކުރިތާ އެންމެ ހަ ދުވަސް ތެރޭގައި މުޅި ދުނިޔެއިން 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.
މިއީ ހޮލީވުޑް ސިނަމާގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު މާލީ ކާމިޔާބީއެއް ހޯދި މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.
މި ފިލްމު ވެގެން ގޮސްފައިވަނީ ހޮލީވުޑްގެ ތާރީހުގައި ވެސް އެންމެ އަވަހަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމަށެވެ. އެއާއެކު މި ފިލްމުން ވަނީ "ދަ އޮޑިސީ" އަދި "މައިކަލް" ފަދަ ފިލްމުތައް މި ރޭހުގައި ފަހަތަށް ޖައްސާލާފަ އެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ޓޮމް ހޮލަންޑްގެ އިތުރުން މަޝްހޫރު އެކްޓްރެސް ޒެންޑާޔާވެސް ފެނިގެން ދެއެވެ. މި ދެ ތަރިންގެ ވަރުގަދަ އެކްޓިންގް އާއި ފިލްމުގެ ޝައުގުވެރި ވާހަކައަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިނަމާ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
ބޮކްސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ މާކެޓުގެ އިތުރުން ބައިނަލްއަގުވާމީ މާކެޓުތަކުން ވެސް މި ފިލްމަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. ހާއްސަކޮށް ޔޫރަޕާއި އޭޝިއާގެ ސިނަމާތަކުގައި ފިލްމުގެ ޓިކެޓުތައް ވަނީ ރެކޯޑު އަދަދަކަށް ވިކިފަ އެވެ.
ފިލްމީ ދާއިރާގެ ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި "ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ" ސިނަމާތަކަށް ނުކުތުމާއެކު، މާވެލްގެ ސުޕަހީރޯ ފިލްމުތަކަށް ސިނަމާތަކުގައި އޮތް މަގުބޫލުކަން އަނެއްކާވެސް ވަނީ އާ އުސްމިނަކަށް ގޮސްފަ އެވެ.
މިއީ ސިނަމާތަކަށް މީހުން ވަނުން މަދުވެފައިވާ ދަނޑިވަޅެއްގައި މުޅި ފިލްމީ ދާއިރާއަށްވެސް ލިބުނު ބޮޑު ދިރުމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަދިވެސް ދައްކަމުން ދާތީ، ކުރިއަށް އޮތް ހަފުތާތަކުގައި މި ފިލްމުން ހޯދާ އާމްދަނީ އިތުރަށް މަތިވެ، ބޮކްސް އޮފީހުގެ އިތުރު ރެކޯޑުތަކެއް މުގުރާލާނެ ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި