ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމުން އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާދީފި އެވެ.
މާހިލް އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުންނެވެ. އޭނާ އެ ބޯޑުން އިސްތިއުފާ ދިނީ ގިނަ އަދަދެއްގެ ވޭޕް ރާއްޖެ އެތެެރެކުރިކަން ފަޅާއަރާފައި ވަނިކޮށެވެ.
އެ މައްސަލާގައި މާހިލް ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
ޔޫތު އެޑްވައިޒަރީ ބޯޑަށް މާހިލް އައްޔަންކުރީ އޮގަސްޓް 12، 2024 ގަ އެވެ.
މާހިލް ރާއްޖެ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް އެވެ. އޭނާއާ އެކު، ރާއްޖެ އައި އެހެން މީހަކު ވެސް 107 ވޭޕް ސްޓިކް އެތެރެކުރަން އުޅުނުކަން ފަޅާއެރުމުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މާހިލް އަށް ވަނީ އަމާޒުވެފަ އެވެ.

ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
