ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާ އޯވާހީޓްވެ، އޮންލައިން ޚިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގައި ހިންގާ އެ މިނިސްޓްރީގެ ސާވާ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާތީ މި މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާ ހުއްޓުނީ އޭސީތައް އޯވާހީޓުވެގެން ނެވެ.
ހިދުމަތްތައް އަލުން ދޭން ފެށޭނެ ވަގުތެއް އަދި ނޭންގެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު ރަސެލް ކްރޯއާ އެކުގައި!
އެންމެ ގިނައިން ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކޮށްފި
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!