އާ ގާނޫނުއަސާސީގެ ދަށުން ރާއްޖެ ވެރިކަމުގެ ނިޒާމު ތަރުތީބުވި ފަހުން ފަނޑިޔާރުންނަށް އެންމެ ގަދައަށް ނުފޫޒު ފޯރުވި ބަންޑާރަނައިބަކީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އުޝާމް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހާޒު ވަނީ ވަޓްސްއެޕްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ސްކްރީންޝޮޓަކީ ވަކީލަކާއި އޭނާއާ ދެމެދު ކުރި މުއާމަލާތެއްގެ ސްކްރީންޝޮޓެކެވެ.
މަހާޒު ވިދާޅުވީ އެ ސްކްރީންޝޮޓުން ފެންނަ 8 މިނެޓުގެ ފޯނު ކޯލަކީ، މިދިޔަ ފެބްރުއަރީ 10 ގައި ވަކީލެއް މެދުވެރިކޮށް އުޝާމް އޭނާއަށް މެސެޖެއް ދިނުމަށް ގުޅުއްވި ގުޅުއްވުމެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރު 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމަށް ވަކީލެއް މެދުވެރިކޮށް އޭޖީ [އުޝާމް] ގުޅުއްވި ގުޅުއްވުމެއް،" މަހާޒުގެ ޕޯސްޓުގައި ވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރަށް ވެސް އުޝާމް ނުފޫޒުފޯރުވާފައިވާ ކަމަށް މީގެކުރިން ތުހުމަތުކޮށްފައިވެ އެވެ.
އުޝާމާއި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއި އޭސީސީގެ ރައީސް އާދަމް ޝާމިލް ގުޅިގެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވިގޮތަށް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފަ އެވެ. އެކަން ކުރީ ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާއަށް ލިބިފައިވާ ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެންނެވެ.

އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!
މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ސައިބަ އެޓޭކްތައް އިތުރުވަނީ: އެމެރިކާއަށް ބޮޑު ގޮންޖެހުމެއް!
