މި މަހުގެ 11 ވަނަ ދުވަހުގެ ރޭ މާލެއިން ގެއްލުނު ގ. ގާނެޓް، ހަސަން ޔާމީން، ރާއްޖެއިންް ބޭރަށް ފުރާފައިނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އޭނާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހަސަން ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ގެއްލިގެން ހޯދާ މީހުންގެ މައުލޫމާތު ފުރިހަމަކޮށް ފުލުހުންގެ ގުޅުންހުރި ބަހާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ތަހުގީގުގެ މަސައްކަތް ފަށައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިކަން ފާހަގަކުރެވިފައެއްނުވެއެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ހަސަން ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.
ތަފްސީލް އަންނަނީ....
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
