ސަސްޕެންޝަންގައި އަށް މަސް ބެހެއްޓުމަށްފަހު އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރު ކަމުން މުހައްމަދު އާސިފް ވަކިކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާސިފް ވަޒީފާއިން ވަކިކޮށްފައި ވަނީ ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ. މިހާތަނަށް އޭނާ ސަސްޕެންޝަންގައި ހުރީ މުސާރަ ލިބޭގޮތަށެވެ.
އާސިފް ވަޒީފާއިން ވަކިކުރީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރުމުގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ތަހުގީގީ އެއްވެސް އިދާރާއަކުން އެ މައްސަލަ މިހާތަނަށް ތަހުގީގުކޮށްފައެއް ނުވެ އެވެ.
އާސިފް ސަސްޕެންޑުކޮށް މަގާމުން ވަކިކުރަން ޑިމާންޑް ކުރީ އެތަނުގެ ބައެއް މުވައްޒަފުންނެވެ. އެގޮތުން އޭނައާ ދެކޮޅު މުވައްޒަފުން ވަނީ އެކަމާ ގުޅޭގޮތުން ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.
ސަމާލުވޭ! ނޭނގި ހުރެ ވެސް ހަށިގަނޑުން ފެން މަދު ވެދާނެ!
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން އިސްލާހެއް
