މާލެ އިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ގ. ގާނެޓް، ހަސަން ޔާމީން،30، އެވެ.
ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ހަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.
ސަމާލުވޭ! ނޭނގި ހުރެ ވެސް ހަށިގަނޑުން ފެން މަދު ވެދާނެ!
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އާއި ޝަމްއޫންގެ ނަން
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް
