ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ރަސްމިއްޔާތަށް ރާއްޖޭގައި ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ރައީސްކަން ކުރެއްވި ކޮންމެ ބޭފުޅަކަށް ވަކިވަކިން ދައުވަތު ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މަޝްރޫއަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އެއީ ސައުދީ ފަންޑާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ން ނެގި ލޯނެވެ.
އާ ޓާމިނަލަކީ ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެ ޓާމިނަލުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ އެވެ.
"ލީގަލީ ބްލޮންޑް"ގެ ޕްރީކުއަލް ސީރީޒްއެއް ރިލީޒް ކުރަނީ!
އަނބިމީހާ މަރާލި މައްސަލާގައި މާވިން 25 އަހަރަށް ޖަލަށް
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
