ޕާކިސްތާނުގެ ޓީވީ ސީރީޒްތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެއް ކަމަށްވާ ހުމައިރާ އަސްގަރް މަރުވެ ކުނިވެފައި އޮއްވާ ފެނިއްޖެ އެވެ.
ޕާކިސްތާނުގެ ހަބަރުތަކުން ބުނާ ގޮތުގައި ހުމައިރާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެޕާޓްމަންޓަށް ކޯޓު އަމުރުގެ ދަށުން ފުލުހުން ވަދެ ބެލި ބެލުމުގަ އެވެ.
ފުލުހުން އެ އެޕާޓްމަންޓަށް ވަދެފައިވަނީ އެޕާޓްމަންޓްގެ ކުލި ނުދައްކައިގެން އެޕާޓްމަންޓްގެ ވެރި ފަރާތުން ފުލުހުންނަށް ހުށައެޅުމުން ކަމަށްވެ އެވެ.
ބުނެވޭ ގޮތުގައި ހުމައިރާ ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވާން ކައިރިވެފަ އެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވެފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ.
ބޭރުތެރެއިން ހުމައިރާ ނުފެންނަ ކަމަށް މީހުން ބުނާއިރު އެންމެ ފަހުން އޭނާ ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އަވަށްޓެރި އަކަށެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަން އާއިލާއާ ވެސް ގުޅުން ކަނޑާލައިގެން ދިރިއުޅެމުން ދިޔަ ހުމައިރާގެ މާގިނަ ރައްޓެހިންތަކެއް ވެސް ނޫޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ރޯދަ މަސް ތުރުކީގައި: މުޅިން ތަފާތު އިހުސާސެއް!
ހަނގުރާމައާ ދެކޮޅުހަދައި އެމެރިކާގެ ވެރިޔަކު އިސްތިއުފާ ދީފި