މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ އެންމެން ދައްކާ ކޮޅުން ނުލާ ވާހަކަ އެކެވެ. އެކަމުން ތިމާވެށްޓަށާއި އިންސާނުންގެ އާއްމު ސިއްހަތަށް ވާ ގެއްލުންތަކުގެ ވާހަކައަކީ އަހަރުމެންގެ ކަންފަތަށް ފަރިތަ ވާހަކަތަކެކެވެ.
އެހެން ނަމަވެސް މިއީ އާއްމު ސިއްހަތުގެ އިތުރުން ވެސް އިންސާނާގެ ހަށިގަނޑުގައި ލައްވަވާފައިވާ ނިޒާމުތަކަށް ވެސް އަސަރުކުރާ ކަމެއް ކަމަށް ސައިންސްވެރިން މިހާރު ވަނީ ބުނެފަ އެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ދަރިމައިވުމުގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާކަމަށް އެންމެ ފަހުގެ ދިރާސާތަކުން ބުނެ އެވެ.
މޫސުމީ ބަދަލުތަކުން ދުނިޔެއަށް ދޫކުރާ އެންޑޮކްރިން ކެމިކަލްތަކަކީ އަންހެނާގެ ދަރިމައިވުމުގެ ސިއްހަތު ދަށްކޮށްދީ ބައިގެންދިއުން ފަދަ ކަންކަމަށް މަގުފަހި ކުރުވާ މާއްދާތަކެކެވެ.
ހަމައެއާއެކު މި މާއްދާތަކުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި މަދުވެ ބަލިވެ އިންނަން ދެމަފިރިން ކުރާ މަސައްކަތަށް ހުރަސް އަޅާ ކަމަށް ވެސް އެ ދިރާސާގައި ހާމަކޮށްފައިވެ އެވެ.
މިވަގުތަށް ބަލާއިރު މިކަންކަމަކީ މާބޮޑު އަސަރެއް ފެންނަން ނެތް ކަންކަން ނަމަވެސް ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދަރިމައިވުމަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެ އެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި