ޔޫޓިއުބުން އާންމުންގެ ފަރާތުން މަގުބޫލުކަން ހޯދާފައިވާ ޔޫޒާ، ސްޓައިރޯޕައިރޯ ދުނިޔޭގެ އެންމެ ވަރުގަދަ ހޭންޑް ހެލްޑް ލޭޒާ އުފައްދައިފި އެވެ.
މި ލޭޒަރަކީ އާންމު ލޭޒާ ޕޮއިންޓަރުތަކަށްވުރެ 50،000 ގުނަ ވަރުގަދަ ލޭޒަރެކެވެ. ޑްރޭކް އެންތޯނީ ނަމަކަށް ކިޔާ މި ކެމިސްޓްރީ ދަރިވަރު އުފެއްދި މި ލޭސަރަކީ 250 ވޮޓުގެ ލޭސަރެކެވެ.
އާންމު ލޭޒާ ޕޮއިންޓަރުތަކުގެ ވަރުގަދަކަން ހުންނަނީ 0.005 ވޮޓުގަ އެވެ. އެމެރިކާގެ ގާނޫނުތަކުން ހުއްދަކުރާ މިންވަރަށްވުރެ މާ ވަރުގަދަ މި ލޭޒާ ބޭނުންކޮށްގެން ޑްރޭކް ވަނީ ގިނަ އެއްޗެހިތަކެއް އަންދާލައި، ޑައިމަންޑްގައި ވެސް އަލިފާނުގެ ނިޝާން ޖައްސާލާފަ އެވެ.
މި ލޭޒާ އުފެއްދުމަށް ޑްރޭކް ވަނީ އީބޭ ފަދަ އޮންލައިން މާކެޓުތަކުން ލިބޭ އާލާތްތައް ބޭނުންކޮށްފަ އެވެ. އޭނާ ވަނީ މި ލޭޒާ ބޭނުންކޮށްގެން ހެދި ޓެސްޓުތަކާއި އެއާ ގުޅޭ އިތުރު މައުލޫމާތުތައް އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފަ އެވެ.
މި ލޭޒަރަކީ ވަރަށް ނުރައްކާތެރި އެއްޗަކަށްވާތީ، ޑްރޭކް ވަނީ މިކަން ކުރުމުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭނާ ބުނިގޮތުގައި މި ލޭޒަރުގެ ނުރައްކާތެރިކަން ވަޒަންކުރާނެ މިންގަނޑެއް ނެތެވެ.