މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކެރިއަރުގައި މިހާތަނަށް އޭނާ ކުރި ހުރިހާ މަސައްކަތެއްގެ ކޮޕީ ރައިޓްސް ރެކޯޑް އަގަކަށް އޭނާ ގަނެފި އެވެ.

ޓޭލާގެ ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިހާތަނަށް އޭނާ މަސައްކަތްކޮށްފައިވާ ހުރިހާ މިއުޒިކެއްގެ ވެރިއަކީ އޭނާ ކަމަށެވެ.

އޭގެ ތެރޭގައި މިއުޒިކް ވީޑިއޯތަކާއި ކޮންސެޓު ފިލްމުތަކުގެ އިތުރުން ވެސް އަލްބަމް އާޓްއާއި ފޮޓޯގްރަފީ ރައިޓްސް ވެސް ހިމެނޭ ކަމަށް ޓޭލާ ބުންޏެވެ.

ޓޭލާގެ ޕޯސްޓުގައި އޭނާ އިތުރަށް ބުނީ މިއީ އޭނާގެ ބުރަ މަސައްކަތުގެ ހަނދާންތަކާއި ހުވަފެންތަކުގެ ފެންނަން ހުރި ރަމްޒެއް ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ޓޭލާގެ ހުރިހާ މަސައްކަތެއްގެ ރައިޓްސް އޭނާގެ އަމިއްލަ ނަމަށް ބަދަލު ކުރަން 360 މިލިއަން ޑޮލަރުގެ އަގެއް ދައްކަން ޖެހުނެވެ.

މީގެ ކުރިން އެ އުފެއްދުންތަކުގެ ރައިޓްސް އޮތީ ޝެމްރޮކް ކެޕިޓަލް ނަމަކަށް ކިޔާ ކުންފުންޏެއްގެ މިލްކިއްޔާތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގައި ޓޭލާ މަސައްކަތް ކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިވީ 20 އަހަރު ތެރޭގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.