އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހީންނަށް ދަރިތަކެއް ދިމާވާނަމަ އެހީ ފޯރުކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު އެ މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުންގެންދާ ކަމަށެވެެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ އެންމެހައި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާކަމަށެވެ.
މިދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއްދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ ގައުމުގައި މިވަގުތު ތިބި ހުރިހާ ދިވެހިންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަމެއް ދިމާވެއްޖެނަމަ ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށްވެސް ވަނީ އެދިފަ އެވެ.