އަހަރެމެން މިހާރު ދިރިއުޅޭ ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި އިންސާނުންގެ ނަސްލު އާބާދު ކުރަން ސައިންސްވެރިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

މިކަމުގައި ގިނަ ދިރާސާތަކެއް ކުރެވި އުއްމީދުތަކެއް ވެސް އާވެފައިވާއިރު އެންމެންގެ ސުވާލަކަށް ވެފައި އޮންނަނީ މިއީ ކުރެވިދާނެ ކަމެއްތޯ ކުރެވޭ ސުވާލެވެ.

ފަލަކީ ނިޒާމުގައިވާ ޕްލެނެޓްތަކުގެ ތެރެއިން އިންސާނުން ދިރިއުޅެމުން އަންނަ ބިމާ އެންމެ އެއްްގޮތް ސިފަތަކެއް ހުރީ މާސްގައި ކަމަށްވީ ނަމަވެސް މި ވަގުތު އެ ޕްލެނެޓަކީ އިންސާނުންނަށް ވަރަށް ފިނި ޕްލެނެޓެކެވެ.

އެހެން ނަމަވެސް ޔުނިވާސިޓީ އޮފް ޗިކާގޯ އާއި ނޯތުވެސްޓަން ޔުނިވާސިޓީ ގުޅިގެން ވަނީ މާސްގެ ފިނި ހޫނުމިން ހަމައަކަށް އެޅުވޭނެ ގޮތެއް ހޯދާފަ އެވެ.

އެގޮތުން ދަގަނޑާއި އެލުމިނިއަމް އެއްކޮށް މާސްގެ ސަތަހައަށް ދޫކޮށްލުމުން އެތަކެތިން އިރުގެ ހޫނު ހިފަހައްޓައިދޭ ކަމަށް އެ ޔުނިވާސިޓީތަކުގެ ސައިންސްވެރިން ބުނެ އެވެ.

މިގޮތަށް ކަން ކޮށްގެން މާސްގެ ފިނިހޫނުމިން ކޮންޓްރޯލް ކުރެވިއްޖެނަމަ މުސްތަގްބަލުގައި އެ ޕްލެނެޓް ވެގެންދާނީ އިންސާނުންގެ އާ އާބާދަކަށެވެ.

މާސްގެ ސަތަހައިގެ ތިންބައިކުޅަ އެއްބަޔަކީ ފެން ކަމަށްވާއިރު މި ފެނަކީ އިންސާނުންނަށް ރައްކާތެރި އެއްޗެއް ކަމަށް ވެސް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.