ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ފިލްމުތައް މި ފަހަކަށް އައިސް ނާކާމިޔާބުވަނީ އޭނާގެ ދީލަތިކަމުން ކަމަށް އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޝެހެޒާދު ޚާން ބުނެފި އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝެހެޒާދު ވަނީ ސަލްމާންގެ ފިލްމުތައް ނާކާމިޔާބު ވަމުން ދާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދީފަ އެވެ. އެގޮތުން ސަލްމާންގެ ފިލްމުތައް ނާކާމިޔާބު ވަނީ ފައިދާއަށް ބެލުމެއް ނެތި ބޭނުން ޖެހިފައިވާ އެކްޓަރުންނަށް އެ ފިލްމުތަކުން ފުރުސަތު ދޭތީ ކަމަށް ޝެހެޒާދު ބުންޏެވެ.
"ސްކްރިޕްޓަށް ބެލުމެއް ނެތި އެކުވެރިންނަށް ފުރުސަތު ދޭން ހަދައިގެން އޭނާގެ ފިލްމުތައް ނާކާމިޔާބު ވަނީ،" ޝެހެޒާދު ބުނެފައިވެ އެވެ.
ޝެހެޒާދު އިތުރަށް ބުނީ ބޮލީވުޑްގައި ސަލްމާންގެ ނަން ފަނޑު ނުވާނެ ކަމަށާއި މިއަށްވުރެ ވަރުގަދަކޮށް އޭނާ އެނބުރި އަންނާނެ ކަމަށެވެ.
ޝެހެޒާދަކީ މީގެ ކުރިން "އަންދާޒް އަޕްނާ އަޕްނާ" އަދި "ބާރަތު" ފަދަ ފިލްމުތަކުގައި ސަލްމާންއާއެކު މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ