ހޮލީވުޑްގެ ފުންނާބު އުސް ތަރި ޓޮމް ކްރޫޒް އަނެއްކާ ވެސް ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ކަމަށް މީޑިއާގައި މިވަނީ އަޑު ފެތުރިފަ އެވެ.
ޓޮމް ވަނީ މިފަހަކަށް އައިސް ސްޕެއިންގެ އެކްޓަރެއް ކަމަށްވާ އަނާ ޑި އަރްމާސްއާއެކު ބޭރު ތެރެއިން ވަރަށް ގިނައިން ފެނިފަ އެވެ. އެހެން ކަމުން އެ ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮވެދާނެ ކަމަށް ގިނަ ބަޔަކު ލަފާ ބުނަމުން ދިޔަ އެވެ.
އެންމެ ފަހުން މިހާރު މިވަނީ އެ ދެތަރިންގެ މެދުގައި އޮތީ ކޮން ގުޅުމެއްކަން މީޑިއާއަށް ސާފުވެފަ އެވެ. ދާދި ފަހުން ޓޮމްއާއި އަނާ ވަނީ އެކުގައި ލަންޑަނަށް ވެސް ގޮސްފަ އެވެ.
ޑެއިލީ މެއިލްއަށް ހަބަރު ދިން ފަރާތަކުން ބުނި ގޮތުގައި ޓޮމް ވަނީ އަނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އޭނާގެ ކުރީގެ ބައިވެރިއެއްގެ ގާތުގައި ބުނެފަ އެވެ.
އުމުރުން 36 އަހަރުގެ އަނާއަކީ ޓޮމްއަށްއުރެ 26 އަހަރު ހަގު އެކްޓަރެކެވެ. އޭނާއަކީ ކިއުބާ ނަސްލުގެ ސްޕެއިންއަށް ނިސްބަތްވާ މީހެކެވެ.
ޓޮމް ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފަ އެވެ. އެއީ ކޭޓީ ހޯމްސްއާއި ނިކޯލް ކިޑްމަންގެ އިތުރުން މިމީ ރޮޖާސް އެވެ. އޭގެ ފަހުން ވެސް އެކި ފަހަރު މަތިން އެކި އެކްޓަރުންނާ ޓޮމްއާ އަޅުވާ ކިޔަ އެވެ.