ފަސް މީހުންނާއެކު ގދ. ގައްދުއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ، ހުޅުމާލެ އައުމަށް "ބްރިލިއަންޓް ކެރިއާ" ނަކަމަށް ކިޔާ އެ ދޯނި ގައްދުއިން ފުރީ، ރޭ 8:00 ހާއިރު ކަމަށެވެ. ދޯނި ގެއްލުނުއިރު، އޭގައި ތިބީ ތިން ދިވެހީންނާއި ދެ ބިދޭސީންނެވެ.
އެންމެ ފަހުން އެ ދޯންޏަށް ގުޅުނީ، ރޭ ދަންވަރު 02:40 ގައި ކަމަށް ފުލުހުން ބުންޏެވެ. އޭރު ކެޕްޓަން ބުނެފައިވަނީ ދޯނި ހުވަދޫ ކަނޑުން ނުކުތްތާ މާ ގިނައިރުތަކެއް ނުވެ އެވެ. ނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެ އެވެ.
އެ މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:00ގަ އެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ
