ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ގެ މަގާމަށް މުހައްމަދު މުޖުތާޒު އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް މުޖުތާޒު އައްޔަން ކުރަން ފެނިވަޑައިގަންނަވާތީ މަޖިލީހުން އެކަމުގައި ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި މުޖުތާޒު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އެވެންޖާސް: ޑޫމްސްޑޭއަށް މިހާރު ވެސް ބޮޑު ކާމިޔާބެއް!
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި