ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ފުލުހުން ބުނީ މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފަވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އޭނާ ބަންދުގަ ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.
މީނާގެ މައްޗަށް ދައުވާކޮށްފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގާ، އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވާ ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ 2022 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިން ފުލުހުން އޭނާ ހައްޔަރުކުރިއިރު، މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހާ ދުވަސް ވަންދެން ޖަލުގަ ހުންނާނެތަ؟
ރިޕްލައި