ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖްތާޒް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަންކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ސީއެސްސީގެ މެންބަރުކަމުގެ ހުވާ މުޖުތާޒަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނުކުރި ކަމުގެ ލިޔުން މުޖުތާޒަށް ހަވާލުކޮށްދެއްވާފަ އެވެ.
މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި މުޖުތާޒު ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި