މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިޔަށް ގެންދާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި އިމްތިހާނުގައި ޖުމްލަ 8362 ދަރިވަރުން ބައިވެރިވެ އެވެ.
އެއީ ކެމްބްރިޖް އިމްތިހާނު ހަދާ 7،666 ދަރިވަރުންނާއި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ހަދާ ދަރިވަރުންނެވެ.
މި އިމްތިހާން އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާނެ އެވެ.
މިދިޔަ އަހަރު އޯލެވެލަށް ދަރިވަރުންނަށް ފީ ދައްކާ އުސޫލަށް ސަރުކާރުން ބަދަލު ގެނައުމާ ގުޅިގެން ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި އިމްތިހާނުގައި އިށީނަން ޖެހޭއިރު، މީގެ ކުރިން ސަރުކާރުން ފީ ދައްކަނީ ހަމައެކަނި މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ.
ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް ޕީއެންސީ ސެނެޓް މެމްބަރު ޝަހީދު
ވިއްކަން ހުންނަ ތަކެތި ކައްކަމުންދިޔައީ ފާހާނައިގައި!
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!