ދ އަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް އެ އަތޮޅު އުއްދޫ ހުޅުވާލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިން ބުނީ ރައީސް މުހައްމަދު މުއިއްޒު، ދ އަތޮޅު ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސެވުމާ ގުޅިގެން، އެރަށް ބެލެހެއްޓުން މި މިނިސްޓްރީ އާ ސަރުކާރުން ހަވާލުކުރައްވާފައި ވާތީ، 15 އޭޕްރީލް 2025 ން ފެށިގެން، އަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް އެރަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެރަށަށް މިއަދުން ފެށިގެން ހަފްތާ ބަންދު ދުވަސްތަކުގައި އާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ކުއްޔަކާއި ނުލައި ދަތުރު ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން އިތުރަށް ބުނީ އުއްދޫއަށް ޕިކްނިކް ދިއުމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް 9108899 ނުވަަތަ 7777848 ނަންބަރަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށާއި ދަތުރުދާ ފަރާތްތަކުން ހާއްސަ އިންތިޒާމް ތަކެއް ހަމަޖައްސަން ބޭނުންވާ ނަމަ ދުރާލާ އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.