ހޮލީވުޑްގައި މިވަގުތު އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް ޖޯޑަކީ ދާދި ފަހުން އެންގޭޖްވި ދެ ތަރިން ކަމަށްވާ ޒެންޑާޔާއާއި ޓޮމް ހޮލެންޑެވެ.

މިއަހަރުގެ ކުރީކޮޅު އެ ދެތަރިން އެންގޭޖްވިއިރު މިހާރު މިވަނީ އެމީހުންގެ ކައިވެންޏާ ބެހޭ އިތުރު ވާހަކަތަކެއް ވެސް މީޑިއާއަށް ފެންމަތިވެފަ އެވެ.

އެގޮތުން ޒެންޑާޔާގެ ސްޓައިލިސްޓް ލޯ ރޯޗްއާ ހަވާލާދީ ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެ މީހުން އެންގޭޖް ކުރި ނަމަވެސް އަވަހަށް ކައިވެނި ކުރަން ނޫޅޭ ކަމަށެވެ.

އެގޮތުން މި އަހަރާއި ކުރިއަށް އޮތް އަހަރަކީ ވެސް ދެތަރިންގެ ކެރިއަރުގައި ވަރަށް އަވަދިނެތި އުޅޭ ދެ އަހަރު ކަމަށާއި އެހެންވެ ކައިވެނި ކުރުން އަދި ޕްލޭންގައި ނެތް ކަމަށެވެ.

"އެހާ އަވަހެއް ނުވާނެ. އަހަރެން ވެސް މި ތައްޔާރުވަނީ 2026 އަށް. ވަރަށް ގިނަ ރެޑް ކާޕެޓްތަކުން ފެންނާނެ" ލޯ ބުނެފައިވެ އެވެ.

ޒެންޑާޔާއާއި ޓޮމް އެންގޭޖްވިކަން މީޑިއާއަށް އެނގުނީ މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ގޯލްޑަން ގްލޯބްސް އެވޯޑްސްއަށް ދިޔައިރު ޒެންޑާޔާގެ އިނގިލީގައި އެންގޭޖްމަންޓް އަނގޮޓި އޮތުމުންނެވެ.