އަންނަ މެއި މަހުގެ ކުރީކޮޅު ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ މެޓް ގާލާ އިވެންޓަށް ދައުވަތު އެރުވިފައިވާ މެހެމާނުންގެ ލިސްޓު މީޑިއާއަށް ލީކުވެއްޖެ އެވެ.
މިއަހަރުގެ އިވެންޓަށް ދައުވަތު އެރުވިފައިވާ ފަރާތްތަކުގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން މިއަހަރަކީ ކުޅިވަރު ދާއިރާގެ ގިނަ އަދަދެއްގެ ޝަހްސިއްޔަތުންނަށް ވެސް ދައުވަތު އެރުވިފައިވާ އަހަރެއްކަން ފާހަގަކޮށްލެވެ އެވެ.
މި ލިސްޓު އާއްމުވުމާއެކު އެ ލިސްޓުގައި ހިމެނޭ ބައެއް ތަރިންނަށް އެ ދައުވަތު ހައްގުނުވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގއި މިފަހުން ނެރުނު ޑިޒްނީ ފިލްމު "ސްނޯ ވައިޓް"ގެ ތަރި ރޭޗަލް ޒެލްގާ ހިމެނެ އެވެ.
ބޮކްސް އޮފީހުގައި ސްނޯ ވައިޓްއަށް ލިބުނު ފިނި ތަރުހީބުގެ ސަބަބުން ރޭޗަލްއަށް ވެސް އާއްމުންނާއި މީޑިއާގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ފެޝަން ދާއިރާގެ އޮސްކާގެ ގޮތުގައި މަޝްހޫރު ވެފައިވާ މެޓް ގާލާއަކީ ކޮންމެ އަހަރަކު ވެސް އާއްމުންނާއި މީޑިއާގެ ސަމާލުކަން ހުއްޓޭ އިވެންޓެކެވެ.