ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ސިއްރުކުރަން ނިންމީ އާންމު މަސްލަހަތަށް ގެއްލުންވެދާނެތީ ކަމަށް ޖޭއެސްސީން ބުނެފި އެވެ.
އެ ކޮމިޝަނުން އަޒްމިރަލްދާއަށް ފޮނުވި ސިޓީގައި ވަނީ އެ އަޑުއެހުން ސިއްރުކުރީ އެ ކޮމިޝަނުގެ ތަހުގީގީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުން ކޮމިޝަނުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރީ އެ އަޑުއެހުން އާންމުކޮށްފިނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ނަމަވެސް އާންމު މަސްލަހަތަށް ގެއްލުންވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރަލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން އޭނާއަށް އެ ހައްގު ލިބިގެންވާތީ އެވެ.
މާދަމާގެ ވަގުތެއްގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ.
އީރާނާ ޔޫއޭއީގެ ހާރިޖީ ވަޒީރުން ދެމެދު ބަހުގެ ހަމަލާތަކެއް
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
މެކްރޮންއާއި ފްރާންސްގެ އެކްޓްރެސްއަކާ ގުޅުމެއްގެ ބޭއްވި ތުހުމަތު
