ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލާ ދެވަނަ މައްސަލައަކީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މީހަކަށް ބެވިއިރު، އަޑުއަހަން އިނުންކަން "ހުރިހާ"އަށް އެނގިއްޖެ އެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ ސުލޫކީ މައްސަލައެއް ނުފެނުމުން ސަރުކާރުން ގެންދަނީ ޖޭއެސްސީ ލައްވައި އެ ދެ ބޭފުޅުން ފްރޭމްކުރުމުގެ ގޮތުން ކޮންމެވެސް ގޮޅިއަކަށް ފެއްތުމުގެ މަސައްކަތް ފަށައިފަ އެވެ.
އެންމެ ފުރަތަމަ ބަލަން ފެށި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަރުކާރު އަޑީގައި އޮވެގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް އެއީ ދޮގެއްކަން އެނގުމުން ދެން ސަރުކާރުން މަސައްކަތް ކުރީ ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކު ލައްވައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ދޮގު ހެކި ހޯދުމަށެވެ. އެކަން ކާމިޔާބުނުވާނެކަން އެނގުމުން ދެން ފެށީ އެހެން މައްސަލައެއް އެ ދެ ބޭފުޅުންގެ ބޮލުގައި އެޅުވޭތޯއެވެ.
"ހުރިހާ"އާ ވާހަކަދެއްކެވި ޝަރުއީ ދާއިރާގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމީ ސުއޫދު ހައިކޯޓްގެ އެސިސްޓެންޓް ރަޖިސްޓްރާއަށް ބެވިއިރު، އެ އަޑުއަހަން އެ ދެ ބޭފުޅުން ތިއްބެވުމަކީ ސުއޫދު އެކުރި އަމަލުގެ ޒިންމާ އެ ދެ ބޭފުޅުން ވެސް ގަންގަވަންޖެހޭނެ ކަމެއް ކަމަށެވެ.
އެ މައްސަލަ މިހާރު ވަނީ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ.