ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށް ދާއިރު ބޮލީވުޑްގެ މުސްލިމް ތަރިން ވެސް އަންނަނީ އެ މަހުގެ އަޅުކަމުގައި ބައިވެރިވަމުންނެވެ.

އެގޮތުން ރަމަޟާން މަހުގެ ރޯދަ ބަރާބަރަށް ހިފާ ކަމަށް ބުނާ އެއް އެކްޓަރަކީ ނޯރާ ފަތޭހީ އެވެ. ނޯރާ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ރޯދަ މަހުގެ ތަޖުރިބާ މީޑިއާއަށް ހިއްސާ ކޮށްފަ އެވެ.

ނޯރާ ބުނެފަައިވަނީ އޭނާގެ އުމުރުން 14 އަހަރުން ފެެށިގެން މިއަދާ ހަމައަށް ވެސް ރަމަޟާން މަހެއްގެ އެއްވެސް ރޯދައެއް ގަސްދުގައި ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

"އެންމެ ކުޑައިރުއްސުރެ އަހަރުމެންނަށް ދަސްކޮށްދީފައި ވަނީ ރަމަޟާން މަހު ދިރިއުޅުމުގެ ހުރިހާ ކަމެއް ރޯދައަށް ތިބެގެން ކުރަން. އެހެންވީމަ އެއީ ދިރިއުޅުމުގެ އާދައެއް" ނޯރާ ބުންޏެވެ.

އޭގެ އިތުރުން ވެސް ވީ ވަރަކުން ފަރުޟު ފަސް ނަމާދު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް ވެސް ނޯރާ އޭނާގެ އިންޓަވިއުގައި ބުންޏެވެ.

ދީނުގެ ކަންކަމާ މެދު ނޯރާ މި ބީދައިން ވާހަކަ ދެއްކި ނަމަވެސް ބޮލީވުޑްގައި އޭނާ ކުޅޭ ލަވަތަކުގެ ގޮތުން އާއްމުންގެ ފާޑުކިޔުން އަބަދުވެސް ލިބެ އެވެ.