އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލުކުރެއްވި އާ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މުއުތަސިމް ވިދާޅުވީ އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ހަފްލާތަކުން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އުއްތަމަފަނޑިޔާރު ވަނީ އަލަށް ހުވާކުރައްވާ ވަކީލުންނަށް ނަސޭހަތްތަކެއް ދެއްވާފަ އެވެ. އެގޮތުން ސިއްރު ހިފެހެއްޓުމަކީ ވަކީލުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވަކީލަކަށް ވެވަޑައިގެންނެވިއިރު ވެސް ގިނަ ބަޔަކު ދެއްވި ނަސޭހަތަކީ އެއީ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ވަކީލުން ހޭލުންތެރިވާންޖެހޭ ކަމަށާއި ގާނޫނީ ދާއިރާއިން ކުރިއަށްދެވޭނީ އެކަން ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއުތަސިމަކީ 32 އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަނބިމީހާ މަރާލި މައްސަލާގައި މާވިން 25 އަހަރަށް ޖަލަށް
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
