ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އިތުރު މައްސަލައެއް އަލުން ފެންމަތިވެ އޭނާއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިފަހަރު ފެންމަތިވެފައިވަނީ 2012 ވަނަ އަހަރު ކާންޔޭއަށް ކުރެވުނު އޮރިޔާން ކާޑު ގެންގުޅުމާއި ބަރަހަނާ ފޮޓޯ އަދި ވީޑިއޯ ލީކު ކުރުމުގެ މައްސަލަ އެކެވެ.
މިފަހަކާ ޖެހެންދެން އަޑު ކެނޑި ހިނދިފައި އޮތް އެ މައްސަލަ އަލުން ފެންމަތިވެފައި މިވަނީ ހޮލީވުޑުގެ ފިކްސަރެއް ކަމަށްވާ ކެވިން ބްރެޓް އޭނާގެ ސޯޝަލް މީޑިއާގައި އެ ތުހުމަތުތަކުގެ ވާހަކަ ދެއްކުމުންނެވެ.
އެ ޕޯސްޓުގައި ކެވިން ބުނެފައިވަނީ 2012 ވަނަ އަހަރު ފެންމަތިވި އެ މައްސަލަ ހިންދާލަން އޭނާ ކުރި މަސައްކަތް އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.
ކެވިން ބުނީ އޭނާގެ ޕޯސްޓަކީ ކާންޔޭއަށް ފިލާވަޅެއް ދިނުމުގެ ބޭނުމުގައި ކުރި ޕޯސްޓެއް ކަމަށާއި އެކި ކަންކަމުގައި ޔަހޫދީން ކައިރިއަށް އެހީ ހޯދަން ދާން ޖެހިދާނެކަން ކާންޔޭއަށް ވިސްނެން ވެއްޖެ ކަމަށެވެ.
ބެލެވޭ ގޮތުގައި ކެވިން ކާންޔޭއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކޮށްފައި މިވަނީ ޔަހޫދީންނާ ދެކޮޅު ނާޒީ ފިކުރަށް ކާންޔޭ ތާއީދު ކުރާތީ އެވެ.
ކާންޔޭގެ އިތުރު މައްސަލައެއް ފެންމަތިވެފައި މިވަނީ ނިމިދިޔަ ގްރެމީގައި އޭނާގެ އަންހެނުން ބިއަންކާ ސެންސޮރީ ބޭނުންކުރި ނިވާކަން ކުޑަ ހެދުމުގެ ސަބަބުން އެ ދެމީހުން ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ.